Last Updated: June 29, 10:34
Monday, June 29, 2026
ޚަބަރު

ކުޑަހުވަދޫ، ދާންދޫ އަދި ހިންނަވަރު މޮނިޓަރިންގައި

ދ. ކުޑަހުވަދޫ، ގއ. ދާންދޫ އަދި ޅ. ހިންނަވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.

މިއާއެކު ކޮވިޑް-19 އާ ގުޅިގެން މިވަގުތު ރާއްޖޭގެ 44 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 11،629 ކޭސް އޮތްއިރު އޭގެތެރެއިން 3000 ކޭސްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކޭސްތައް ކަމަށް މައުލޫމާތުލިބެއެވެ.

މި ބަލިން 26،795 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 247 މީހަކަށެވެ. މި ބަލީގައި 87 މީހަކު ވަނީ ނިޔާވެފައެވެ.