Last Updated: June 29, 10:34
Monday, June 29, 2026
ޚަބަރު

ހިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ ތަހުގީގު ނިމި ޕީޖީއަށް ފޮނުވާ ހިސާބުގައި!

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ތަހުގީގު ނިމި ދައުވާ ކުރުމަށް ޕޮރިސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ ހިސާބުގައި އޮތްކަން ހާމަވެއްޖެއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކުރުމަށް ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ލިސްޓް ކޮމިޓީން އާންމުކުރި އިރު އޭގައި ވާގޮތުން މަހުލޫފްގެ މައްސަލައިގެ ތަހުގީގު ނިމި އޮތީ ދައުވާ ކުރުމަށް ފޮނުވާ ހިސާބުގައެވެ.

މީގެކުރިން މިކަމާއި ގުޅޭގޮތުންވެސް މަހުލުފް ވާހަކަ ދައްކާފައިވެއެވެ. އެހެންނަމަވެސް މަހުލޫފް ބުނެފައިވަނީ އޭނާ ކުރި މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.