ކ. އަކިރިފުށީގައި މޫދަށް އެރެއުޅެނިކޮށް ގެނބުނު ފަތުރުވެރިއަކު އިތުރު ފަރުވާއަށް މާލެގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އަކިރިފުށީގައި ހުރި 37 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މޫދަށް ގެނބިގެން އޭނަގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމަށް އެމްއެންޑީއެފް މާލެ ކޯސްޓް ގާޑް ސީ އެމްބިއުލަންސުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނި ރޭ ދަންވަރު 02:13 ހާއިރު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ރިސޯޓްގެ މެނޭޖްމެންޓާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ މާލެ ގެނައުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ ފަތުރުވެރިޔާ އަށް ނޭވާލުމަށް އުނދަގޫ ވާތީ އަވަސް ފަރުވާ އަށް ކަމަށެވެ.