މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާތީ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
ބޮމުގެ ހަމަލާއަށް ފަހު ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮޕސްިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ރައިސް ނަޝިދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަރުމަނަށެވެ.
ބޮމުގެ ހަމަލާއަށް ފަހު ފަރުވާއަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަންނަވާތީ، އޭޑީކޭ އިން ފެށިގެން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު އަދި ބްރިޖުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.
އެގޮތުން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުން އަންނައިރު ފުލުހުންވެސް އަންނަނީ ސެކިއުރިޓީއަށް ހަރަކާތްތެރިވަމުންނެވެ.