Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ސަމާލުވޭ، ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 12:45 ކުން ހަވީރު 04:30 ހަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 55 މޭލާއި ދެމެދުގެ ބާރު ވައިޖެހުން އެކަށީގެންވާ ކަމަށާއި، އަދި ކަނޑު ގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ މުސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.