Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މި ފަހަރު ވެސް އައްޑޫގެ މެޖޯރިޓީ އެމްޑީޕީ އަށް

ރިއާސީ އިންތިހާބް ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ކާމިޔާބް ކުރައްވައި މިއަދު ހުވާ ކުރެއްވި ނަމަވެސް މިފަހަރުގެ ރިއާސީ އިންތިހާބްގެ ތިން ފަހަރުގައިވެސް އައްޑޫގެ ވޯޓުން ކުރި ހޯއްދެވީ އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ.

އެމްޑީޕީގެ ބޮޑު ތާއިދެއް އޮތް އައްޑޫން މިފަހަރު އެމްޑީޕީން ވަނީ 9,704 ވޯޓު ހޯއްދަވާފަ އެވެ. އެއީ ފުރަތަމަ ބުރަށް ވުރެ 568 ވޯޓު ގިނަ އަދަދެކެވެ.

ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބި ލެއްވީ 3,939 ވޯޓެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ ދެވަނަ ބުރުގައި 7,625 ވޯޓު ހޯއްދަވާފަ އެވެ. އެއީ ފުރަތަމަ ބުރަށް ވުރެ 3686 ވޯޓު ގިނަ އަދަދެކެވެ.

ރިއާސީ އިންތިހާބްގެ ދެވަނަ ބުރުގައި ވާދަކޮށް އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުއަށް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންފައި ވަނީ އައްޑޫ، ގދ، އއ، ބ އަދި ޅ އަތޮޅުންނެވެ.