Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މި ފަހަރު ވެސް އައްޑޫ ކައުންސިލަށް ހަ ގޮނޑި

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ މީހުންގެ އަދަދު އިލެކްޝަންސް ކޮމިޝަންއިން އިއްލާން ކުރި އިރު މި ފަހަރު ވެސް އައްޑޫ ސިޓީއަށް ލިބިފައި ވަނީ ހަ ގޮނޑިކަމަށް އިލެކްޝަނުން ބުނެފި އެވެ.

އިލެކްޝަނުން މިއަދު ކުރި އިއްލާންގައި ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މުޅި ޖުމްލަ 1،118 މީހުން އިންތިހާބު ކުރަން ޖެހޭނެ އެވެ.

އެގޮތުން އައްޑޫ ސިޓީއަށް 6 ގޮނޑި ލިބިފައިވާ އިރު މާލެ ސިޓީ ކައުންސިލަށް ލިބިފައިވަނީ 11 ގޮނޑި އެވެ.

ލޯކަލަ ކައުންސިލް ތަކުގެ އިންތިހާބު އަންނަ ޑިސެމްބަރު މަހު ބާއްވާ އިރު އަންނަ ހަފްތާގައި ކައުންސިލްތަަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެއެވެ.