ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ރޭ ދަންވަރު 02:38 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 95 ކަށް އަރާފައެވެ.
އިއްޔަ ރާއްޖެއިން ވަނީ 1007 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43،782 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 15،666 ކޭސް އެވެ. މި ބަލިން 28،013 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 260 މީހަކަށެވެ.