Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ކޮވިޑް ޖެހިގެން 30 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ގައި 30 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މިއީ މިއަދު ރިޕޯޓްކުރި ކޮވިޑް-19 ގެ ދެވަނަ މަރެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރޭ ފަތިހު 04:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވެއެވެ.

މިއާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 96 ކަށް އަރާފައެވެ.

ރޭ ދަންވަރު 02:38 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ.