Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި 6.7 މިލިއަން ރުފިޔާ

މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މނިސްޓްރީން ބުނެފައިވަނީ މާލެސިޓީ އަދި ރަށްރަށުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ބަހާފައިވާކަމަށެވެ. މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް ޖެހިފައިވަނީ 4200 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރު މާލެސިޓީގައި 164392 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށާއި، ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 6،746،896.00 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މާޅެސިޓީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1498 މީހުން ހިމެނޭއިރު އޭގެތެރެއިން 1494 މީހުންނަށް ފައިސާ ހަވާލުކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ފަޤީރުންނަށް ބަހާފައިވަނީ 6.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 472،096 ރުފިޔާ ހަވާލު ކުރެވުނު ކަމަށްވެސް މައުލުމާތު ދީފައިވެއެވެ.