އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މިއަދުގެ ބައްދަލުވުމުގައި އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް އަދި ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ރާއްޖެއިން އަޑުއުފުލާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޯއިސީން މިއަދު އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގަކީ ފޮރިން މިނިސްޓަރުންގެ ލެވެލްގެ ބައްދަލުވުމެއްކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމަކީ އިޒްރޭލާލުން ފަލަސްތީނާއި ޤުދުސް އަދި އަލްއަޤްސާ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ބައިވެރިވާނެކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ބައްދަލުވުމުގައި ފަލަސްތީން ރައްޔިތުންނާއި އެކުގައި ރާއްޖެއޮތްކަން ހާމަކުރާނެކަމަށެވެ. އަދި އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް މިނިސްޓަރު ޝާހިދު އަޑުއުފުލާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިކަން ހާމަކޮށް އިއްޔެ ކުރި ޓްވީޓެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވެސް ފަލަސްތީން ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަދި އިޒްރޭލާ ދެކޮޅަށް އަޑުއުފުލާނެކަން ހާމަކުރައްވާފައެވެ.