Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

މާލެސިޓީ ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި

މާލެސިޓި ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މީގެ ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކްގައެވެ.

އެހެންނަމަވެސް މާލެސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައިވަނީ އެކަން މިހާރު ބަދަލުކޮށްފައިވާކަން ހާމަކަޮށްފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލަރުން ހުވާކުރުމުގެ ރިސްމިއްޔާތު ބާއްވާނީ މާދަމާ ހެނދުނު 09:00 ގައި އޮންލައިންކޮށް ކަމަށެވެ.

އާ ކައުންސިލަރުން މަގާމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލޭގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑްގައި ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ.