ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 1 އަދި 8 އަށް އަލަށް ވަންނަ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ހާއްސަ ބައްދަލުވުމެއް މާދަމާ ހެނދުނު ސްކޫލުގައި އޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ސްކޫލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެބައްދަލުވުން މާދަމާ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިބައްދަލުވުމަކީ އަލަށް ވަންނަ ކުދިންނަށް ސްކޫލުން ދޭން ބޭނުންވާ މައުލޫމާތުތައް ދިނުމަށް ބާއްވާ ހާއްސަ ބައްދަލުވުމެއް ކަމުން މި ދެ ގްރޭޑަށް އަލަށް ކުދިން ވައްދާ ބެލެނިވެރިން ސްކޫލަށް ވަޑައިތުމަށް މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.