Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އައްޑޫސިޓީ މޭޔަރުކަމަށް ނިޒާރު ހުވާކުރައްވައިފި

ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ މޭޔަރު ކަމަށް އަލީ ނިޒާރު ހުވާ ކުރައްވައިފިއެވެ.

މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލުގައެވެ.

ނިޒާރު މޭޔަރުގެ މަގާމަށް އިންތިހާބު ވެފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު ލަތީފް އަދި އަމިއްލަ ގޮނތުން ވާދަކުރި ކެނޑިޑޭޓް އިބްރާހިމް ތާހިރާއި ވާދަކޮށެވެ. އަލީ ނިޒާރަށް ވަނީ ވޯޓުލީ ރައްޔިތުންގެ 61 އިންސައްތަ ވޯޓު ލިބިފައެވެ.

މި އަހަރުގެ އިންތިހާބުގައި އައްޑޫސިޓީ ކައުންސިލްގައި ވެސް އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެގޮތުން ޕީޕީއެމް އިން ތިން ގޮނޑި ނެގި އިރު، އަމިއްލަ ތިން ކެނޑިޑޭޓުން ވަނި އިންތިހާބު ކާމިޔާބު ކޮށްފައެވެ. އަދި އެމްޑީޕީގެ ހަ މެމްބަރުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.