Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އައްޑޫ އާ ކައުންސިލަރުން ހުވާ ކުރައްވައިފި

ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލުގައެވެ. މި ރަސްމިއްޔާތުގައި ކައުންސިލަރުންގެ އިތުރުން އައްޑޫސިޓީގެ މޭޔަރު ކަމުގެ ހުވާ އަލީ ނިޒާރު ވަނީ ކުރައްވާފައެވެ.

އައްޑޫސިޓީގެ 12 ގޮނޑީގެ ތެރެއިން ހަ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރިއިރު، ތިން ގޮނޑި ޕީޕީއެމްއިން އަދި ތިން ގޮނޑި އަމިއްލަ ކެނޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ ވެސް އެމްޑީޕީންނެވެ.