Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ލުއި ދިނުމަށް މަސައްކަތްކުރާ ކަން ހާމަކޮށްފި

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމިނިންމުމަށް ލުއި ދޭން މަސައްކަތް ކުރަމުން އަންނަކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޕީއޭ އިން ނިންމީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އައުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަގުތީގޮތުން އަޅާފައިވާ ފިޔަވަޅު މި މަސް ނިމުމުގެ ކުރިން ރިވިއު ކުރާނެ ކަމަށެވެ. އަދި ޖޫން މަހުގެ ކުރީ ކޮޅު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ލުއި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު މިވަގުތުވެސް ޕޮޒިޓިވްކޮށް 15،958 މީހުން އެބަތިއްބެވެ. ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 100 އަށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 262 ކަށް އަރާފައެވެ.