Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ޝައުނާ އާއި ޑރ. ހުސައިންއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

މިނިސްޓަރު އައިމިނަތް ޝައުނާ, މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން-- ފޮޓޯ: ރައީސް އޮފީސް

އެންވާރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ދިރާސާ ކުރުމަށްވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައެވެ.

އެންވާރަމެންޓް މިނިސްޓަރުގެ މަގާމަށް ޝައުނާ އަދި ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މޭ ފަސް ވަނަ ދުވަހުއެވެ.

ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެލައްވަންދެން ޑރ ހުސައިން ދިޔައީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ އައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.