Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ގައްދޫ ޒާހިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

ގައްދޫ ޒާހިރު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޒާހިރު އާދަމް އަކީ ގައްދޫ ދާއިރާގެ މިހާރުގެ މެމްބަރު, އަހުމަދު ޒާހިރުގެ ބައްޕާފުޅެވެ.

ޒާހިރު އާދަމް އަކީ ވިޔަފާރީގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މެމްބަރުކަން ކުރައްވާފައިވެއެވެ.