ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ ކޮވިޑް-19 ޕޭޝެންޓަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 104 ކަށް އަރާފައެވެ.
ކޮވިޑް-19 ގައި އިއްޔަވެސް ރާއްޖެއިން ހަތަރު މީހުން މަރުވެފައިވެއެވެ.