ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތް ކަމަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ދެއްވަމުން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތް ކަމަށް ރޭ ލިބުނު މައުލޫމާތާ ގުޅިގެން، މަޖިލިސް އިމާރާތް އަދި އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކުރެވިފައިވާކަމަށވެެ.
އަދި މިވަގުތުގެ ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން ދަމަހައްޓަމުން ދާކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ، މަޖިލިސް ގޮށްވާލަންޖެހޭކަމަށް ބުނެ މީހަކު ފޭސްބުކްގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށް މަޖިލީހުން ގެނެސްފައިވާކަން ހާމަކޮށްފައެވެ.