ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗް އެމަޖެންސީއަށް ގެނައި މީހަކު 07:25 ހާއިރު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން މައުލުމާތުދެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 108 ކަށް އަރާަފައެވެ.
ރޭ ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކުވެސް ވަނީ މަރުވެފައެވެ. ރޭ މަރުވެފައިވަނީ 87 އަހަރުގެ ދިވެހި ފިރިހެނަކާއި، 69 އަހަރުގެ ދިވެހި އަންހެނެކެވެ.