ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ 07 މާރިޗު 2021 ދުވަހު ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރަމުންދިޔަ ބަނގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށްވެސް ޕީޖީން މައުލުމާތުދެއެވެ.
މި މައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ 05 މޭ 2021 ދުވަހުއެވެ.