ނޮވެމްބަރ 26 ވަނަ ދުވަހު މީދޫ ބޯޅަދަނޑުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ގްލޯބަލް ލިންކް ޗެލެންޖްގެ ގުރުލުން މިރޭ 9 ޖަހާއިރު ބާއްވަން ހަމަޖައްސާފައިވާކަމަށް އިންތިޒާމް ކޮމެޓީން ބުނެފިއެވެ.
އައްޑޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތުގައި ބައިވެރިވުމަށް 6 ޓީމަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އެއީ ހިތަދޫން ޓީމަކާއި ހުޅުދޫން ޓީމެއްގެ އިތުރުން މީދޫން 2 ޓީމް އާއި ފޭދޫން 2 ޓީމެވެ.
މިމުބާރާތް މިފަހަރު ރާވާ އިންތިޒާމް ކުރަނީ މީދޫ ކޯޕަރޭޓް ކޮމިއުނިއަމް (އެމްސީސީ) އިންނެވެ.