Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ސީޕީއަކަށް ހުސައިން ވަހީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙުސައިން ވަޙީދު، ޢައްޔަނު ކުރައްވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރެއްވީ، އެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒް އިސްތިޢުފާ ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ އިސްތިޢުފާ ޤަބޫލުފުޅު ކުރެއްވުމާ ގުޅިގެން، ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމު ހުސްވެފައިވާތީ
އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ތެރޭގައި 24 އަހަރު ހިދުމަތް ކުރެއްވި ރިޔާޒް މަގާމުން އިސްތިއުފާ ދެއްވީ ރައީސްގެ އެދިވަޑައިގަތުމަކަށް ސިޔާސީ މަގާމަކަށް ވަޑައިގަތުމަށެވެ.