Last Updated: June 8, 07:06
Monday, June 8, 2026
ކުޅިވަރު

މަރަދޫފޭދޫ ދަނޑު ސަދަން މޯލްޑިވްސް އަށް

ސ. މަރަދޫފޭދޫ ބޯޅަދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރަން ކުންފުންޏަކާ އެކު އައްޑު ސިޓީ ކައުންސިލުން ސޮއިކޮށްފި އެވެ.

އެ ދަނޑު ތަރައްގީ ކުރަން ހަވާލު ކުރީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ސަދަން މޯލްޑިވްސް އާ ކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާއި ކައުންސިލާ މެދު އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ކަމަށެވެ.

ކައުންސިލްގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ދަނޑު ވަށާ ފާރު ރާނައި ސިމެންޖި ޖަހައި ދަނޑުގައި ލައިޓް ހަރު ކުރުން ހިމެނެ އެވެ.

މި މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ.