Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

ހަރުކަށި ފިކުރު: އައްޑޫއިން 9 މީހަކު ހައްޔަރު ކޮށްފި

ހަރުކަށި ފިކުރާ ގުޅޭ މައްސަލައިގައި އައްޑޫސިޓީން ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މާލެ އާއި އައްޑޫސިޓީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުން އަންނަކަމަށެވެ.

އެގޮތުން އައްޑޫސިޓީން ނުވަ މީހަކު ހައްޔަރު ކޮށް ބައެއްތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ މީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.

އަދި ހަރުކަށި ފިކުރާ ދެކޮޅަށް މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ފަސް ގެޔެއްވެސް ބަލާފާސްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.