Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

ނަޝީދަށް ފަރުވާ ދެމުން ދިޔައިރު އޭޑީކޭއިން ފިސްތޯލައެއް ފެނުނު މައްސަލައެއް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަރުވާ ދެމުންދިޔައިރު އޭޑީކޭ ހޮސްޕިޓަލްގެ ފާހާނައަކުން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިއަދު ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ، މިއަދުގެ ޕްރެސް ބޭއްވިއިރު އެކަމާ ގުޅޭ މައުލޫމާތު ގެނެވިފައި ނުވާކަމަށެވެ.

އެހެންކަމުން ފަހުން ފުލުހުންގެ މީޑިއާ މެދުވެރިކޮށް އެ މައުލޫމާތު ހިއްސާ ކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އޭޑީކޭގައި މޭ 6 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ފަރުވާ ދީފައެވެ. އަދި މިވަގުތު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުގައެވެ.