ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލެގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ފުލުހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ.
އެގޮތުން އަައްޑޫސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ނުވަ މީހުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.