Last Updated: July 22, 11:21
Wednesday, July 22, 2026
ޚަބަރު

ކޮވިޑު-19: 77 އަހަރުގެ މީހަކު މަރުވެ، އަދަދު 117އަށް

ކޮވިޑަށް ފަރުވާ ދެމުން ދިޔަ 77 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފަތިހު 4:06 ގައި ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 117 ވަނަ މީހާއެވެ. އަދި މިއަދުގެ ފުރަތަމަ މީހާއެވެ.

ކޮވިޑުގައި މަރުވާ މީހުންގެ އަދަދު މިވަނީ މިމަހު ރިކޯޑު އަދަދަކަށް އިތުރު ވެފައެވެ. އެގޮތުން މި ދިޔަ ދެ ދުވަހު 10 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑުގައި މަރުވެފައެވެ.