Last Updated: May 9, 18:13
Thursday, May 9, 2024
ޚަބަރު

މާލޭގައި އުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދޭން ގޮވާލައިފި

ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ޕީޕީއެމް

މާލޭ ސިޓީގެ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލޭގައި ގިނަ ވަގުތު ކާފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.

ކޮވިޑްގެ ނުރައްކާ މިދިޔަ އަހަރު ރާއްޖޭގައި ބޮޑުވިއިރު ސަރުކާރުން ވަނީ ދެ މަސް ދުވަހަށް ފެނާއި ކަރަންޓު ބިލު ކުޑަކޮށްދީފައެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ވަނީ 1603 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެގޭތެރެއިން 1025 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި މިހާރުވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 4 އިން ފެށިގެން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.