Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

އަގުއެރޯ އާއި ޑިޕާއި ބާސާ އަށް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ އަދި ލިޔޯން އަށް ކުޅެމުން އަންނަ މެމްފިސް ޑެޕާއި ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަގުއެރޯ އާއި ޑެޕާއި ބާސާ އަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. އެގޮތުން ބާސާ އިން ހުށަހެޅި ހުށަހެޅުން އަގުއެރޯ ބަލައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޭނާ ބާސާ އަށް ބަދަލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަދި ޑެޕާއި އަށް ބާސާ އިން ހުށަހަޅާފައިވަނީ ދެ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ އެއްބަސްވުން ގަބޫލުކުރުމާ ގާތަށް ޑެޕާއި ގޮސްފައިވާ ކަމަށާއި އަދި ބާސާ އަށް ބަދަލުވާން ބޭނުންވާކަން ލޯޔަރުންނަށް އޭނާ އަންގާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ތަށްޓަކާއެކު މި ސީޒަން ނިންމާލި ބާސާ އިން އެޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެޓީމުން އަންނަނީ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު 30 ގައި ހަމަވާނެއެވެ.

ސްޕެނިޝް ލީގުގެ ތިންވަނައިގައި އޮތް ބާސާ އިން ލީގުގެ ފަހު މެޗުގައި މިރޭ އެއިބާއާ ދެކޮޅަށް ނިކުންނާނެއެވެ.