މާލެސިޓީގެ މަގުތައް ޑިސްއިންފެކްޓްކޮށް ދޮންނަން ފަށައިފިއެވެ.
މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފައްޓާފައިވަނީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.
މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފައްޓަވާދެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އިސްކަންދެނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އެއްވެ އުޅޭ ހިސާބުތައް ސާފުކުރުމަށްކަމަށެވެ. އެގޮތުން ޑިސްއިންފެކްޓްކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މަސްމާރުކޭޓު ހިސާބުންނެވެ.
އަދި ހުރިހާ މާރުކޭޓުތަކެއް ކައިރި އާއި ފެރީ ޓާމިނަލްތަކާއި އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗު ހުންނަ ކަނބާ އައިސާރަނިހިންގުން އެންމެ ފުރަތަމަ ސާފުކުރާ ތަންތަނުގެ ތެރޭގައި ހިމެނޭކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހފައިވާކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.