Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ގއ. ގައި 137 އެކްޓިވް ކޭސް، 6 މީހަކަށް ފެސިލިޓީގައި ފަރުވާދެނީ!

ގއ. އަތޮޅުގެ ރަށްތަކުގައި އެކްޓިވް 137 ކޭސް ހުރި އިރު 6 މީހަކަށް ގއ. ވިލިނގިލީ ކޮވިޑު ފެސިލިޓީގައި އެޑްމިޓުކޮށް ފަރުވާދެމުންދާ ކަމަށް ގއ. އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ގއ. އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެއަތޮޅު ކޮވިޑު ފޯކަލް ޕޮއިންޓު އަސްމާ އަބްދުﷲ ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ވިލިނިގިލީން ފެނިފައިވަނީ ޕޮޒިޓިވް އެންމެ ކޭސްއެއް ކަމަށެވެ. އެއީ އެރަށު ހޮސްޕިޓަލުގެ ސީނިއާ ނަރުހެއް ކަމަށެވެ. އެމީހާގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނުނު ހަތަރު ނަރުހަކާއި ޑޮކްޓަރަކު އެކަހެރި ކުރެވިފައިވާ ކަމަށް އަސްމާ ވިދާޅުވިއެވެ.

މީގެ އިތުރުން ގއ. ދާންދޫއިން ފާއިތުވި 24 ގަޑިއިރު ތެރޭ 7 މީހުން ޕޮޒިޓިވްވެފައިވާ އިރު ގެމަނަފުށިއިން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން ދާންދޫ އިން 45 ސާމްޕަލް އާއި ގެމަނަފުށިއިން 10 ސާމަޕަލް އަދި ވިލިނގިލީގެ 10 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް އަސްމާ ވިދާޅުވިއެވެ.

ގއ.ގެ ރަށްތަކުން ޖުމްލަ އެކްޓިވް 137 ކޭސް ހުރި އިރު އޭގެ ތެރޭގައި 6 މީހަކު ވިލިނިގިލީ ކޮވިޑު ފެސިލިޓީގައި އެޑްމިޓު ކުރެވި ފަރުވާ ދެމުންދާ އިރު އިތުރު ފަރުވާއަށް އެކަކު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަސްމާ ވިދާޅުވިއެވެ.