އައްޑޫސިޓީ ކައުންސިލުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ބައްދަލުކުރައްވައިފިއެވެ.
އިންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުން އައްޑޫ ސިޓީ އަށް ދޫކުރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އަދި އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައި ވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ރިސޯޓު ހުޅުވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވާފައި. (2/3)
— Addu City Council (@AdduCityCouncil) May 23, 2021