Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

މިއަދުގެ ދެވަނަ މަރު، ޖުމުލަ އަދަދު 125 އަށް

ކޯވިޑްގައި މަރުވި މީހެއްގެ ޖަނާޒާ ބާއްވަނީ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު 10:49 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުުރުން 62 އަހަރު ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވީޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 125 އަށް އަރާފައެވެ.

މިއަދު ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނެއްވެސް މަރުވެފައެވެ. މިއާއެކު މިމަހުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 52 ކަށް އަރާފައެވެ.