Last Updated: June 30, 14:08
Tuesday, June 30, 2026
ކުޅިވަރު

ގްލޯބަލް ހުޅުވާ މެޗުގައި ދި ފޭދު އާއި މުލިމަތި

މި މަހުގެ 26 ވަނަ ދުވަހު ފަށާ ގްލޯބަލް ލިންކް ޗެލެންޖް ދެ ވަނަ މުބާރާތުގެ ހުޅުވާ މެޗްގައި ބައްދަލު ކުރާނެ ދެ ޓީމަކަށް ދި ފޭދޫ އާއި މީދޫ މުލިމަތި ޔުނައިޓެޑް ހޮވިއްޖެ އެވެ.

ރޭ މީދޫ ޝަޒުމް އޮފީހުގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ބައިވެރި ހަ ޓީމް ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ދިފޭދޫ އާއި މުލިމަތި ޔުނައިޓެޑްގެ އިތުރުން ހުޅުދޫ ޔޫތު ފައުންޑޭޝަން އެވެ.

ގްރޫބް ބީގައި ހިމެނެނީ ނިއުފޭދޫ އާއި ހިތަދޫ މަލްޓި ޖީނިއަސްގެ އިތުރުން މީދޫ ޗޭނު ޖަމިއްޔާ އެވެ.

ދެވަނަ މެޗްގައި މިމަހުގެ 27 ވަނަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނިއުފޭދޫ ޓީމާއި މީދޫ އެކުވެރިންގެ ޗޭނެވެ. ތިންވަނަ މެޗްގައި މިމަހުގެ 28 ވަނަ ދުވަހު ބައްދަލު ކުރާނީ ހުޅުދޫ ޔޫތު ފައުންޑޭޝަނާއި މީދޫ މުލިމަތި ޓީމެވެ.