Last Updated: June 8, 06:42
Monday, June 8, 2026
ދީން

ޑރ. ޒަކަރިއްޔާގެ ސެމިނާ 29 އަށް ފަސްކޮށްފި

މުޖުތަމައު ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން އިސްލާމީ ނަޒަރަކުން ވާހަކަ ދެއްކުމަށް ކުރިން މާދަމާ ރޭ ބާއްވަން ހަމަޖެއްސި ހާއްސަ ސެމިނާ މި މަހުގެ 29 ވަނަ ދުވަހުގެ ރެއަަށް ފަސްކޮށްފި އެވެ.

އެ ސެމިނާ ދެން އޮންނާނީ 29 ވަނަ ދުވަހުގެ ރޭ 8:30 ގައި ފޭދޫ ސްކޫލްގަ އެވެ. ސެމިނާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

އެ ރެއަށް ސެމިނާ ފަސް ކުރީ މާދަމާ ރޭ ފޭދޫ ސްކޫލްގެ ޕްރައިޒް ޑޭ ބާއްވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

މި ސެމިނާގައި ޑރ. ޒަކަރިއްޔާ ވާހަކަ ދައްކަވާނީ "އިސްލާމިކް ޕާސްޕެކްޓިވް އޮން ވައިލަންސް އެގެއިންސްޓް ވިމެން" މި މައުޟޫގެ މައްޗަށެޗެ.

މިއީ ސޮސައިޓީ ފޮ ހެލްތް އެޑިޔުކޭޝަން (ޝީ) އައްޑޫ ފޯކަލް ޕޮއިންޓާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ސެމިނާއެކެވެ.

އެހެންވެ މި މި ސެމިނާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާކު ކުރާ ފަރާތުން އެދެ އެވެ.