Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

އިޒްރޭލަށް ސަޕޯޓްކުރި ޓީޗަރުން ފޮނުވާލުން ޝަހީދަށް ކަމަކު ނުދިޔަ

އިޒްރޭލަށް ތާއީދު ކުރާކަން ހާމަ ކުރުމުން، ބޭރުގެ ދެ ޓީޗަރަކު ރަށުން ބޭލި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އިޒްރޭލަށް ތާއީދުކުރުމުން އަނބުރާ ފޮނުވާލާފައިވަނީ ހދ. ހަނިމާދޫ ސުކޫލުގައި މަސައްކަތް ކުރި އިންޑިއާ ޓީޗަރަކާއި ށ. ޅައިމަގު ސްކޫލުގައި މަސައްކަތް ކުރި އިންޑިއާ ޓީޗަރެކެވެ.

އެ މީހުންނާ މެދު އެޅި ފިޔަވަޅުގެ ސަބަބުން ނުރުހުން ފާޅުކޮށް ޝަހީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމީހުންނާ މެދު ފިޔަވަޅު އަޅާފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހިލާފަށް ކަމަށެވެ.

ފަލަސްތީނުން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި ގިނަ ދިވެހިން އަންނަނީ ފަލަސްތިނާ އެކު ތިބިކަން ހާމަކުރަމުންނެވެ.