Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 133 އަށް

ކޮވީޑް-19 ގައި ރައްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 06:55 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު ކޮވިޑް-19ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 133 އަށް އަރާފައެވެ.

މިއަދު އިތުރު 3 މީހަކު ކޮވިޑް-19 ގައި މަރުވެފައިވެއެވެ. އޭގެތެރެއިން ދެ މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހުންނެވެ.