ހަރުކަށި ފިކުރުގެ މައްސަލަތަކުގައި އައްޑޫއިން މި ފަހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު އަދިވެސް އޮތީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށެވެ.
މިފަހުން ފުލުހުން ހިންގި ހަރުކަށި ފިކުރުގެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫއިން ފުލުހުން ވަނީ ނުވަ މީހުން ހައްޔަރު ކޮށްފައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެގެތެރެއިން އެކަކު މިނިވަންވެފައިވާކަމަށާއި، އަދި ދެން ތިބި މީހުނަށްވެސް ކޯޓުން މުއްދަތު އިތުރު ކޮށްދޭނެ ކަމާމެދު ޝައްކުއުފެދޭ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ އައި.އީ.ޑީ. ތައްޔާރުކުރެވޭ ފެންވަރުގެ މީހުން އަދިވެސް މިނިވަންކަމާ އެކު ތިބި ކަމަށެވެ.