Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

މިއަދުގެ ފަސްވަނަ މަރު، ޖުމުލަ އަދަދު 134 ކަށް

ކޮވިޑް-19 ގައި މިއަދު ފަސް ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 07:44 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 134 ކަށް އަރާފައެވެ.

މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީން މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ.