އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މިސަރުކާރުން ވެފައިވާ ވައުދާއެއްގޮތަށް، ހެޔޮކޮށްފައިވާ އަގުތައް އިއުލާނު ކުރުމަށް މިއަދު ހަމަޖައްސާފައި އޮތް އޮތުން މާދާމާއަށް ފަސްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓްގެ އަގުތައް ހެޔޮކޮށް ފިކްސްޑް ބްރޯޑްބޭންޑަށް ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ އަދި 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ އަށް 200 ޖީބީއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ މިމަހުގެ ކުރީކޮޅު މަޝްވަރާވެސް ކޮށްފައެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ވައުދަކަށްވިއިރު މިހާހިސާބަށް އައިރުވެސް އެކަން ނުވެ އޮތުމުން ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ދުރުކުގައިވެސް، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ.