Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

މެޑަމް ފަޒްނާ ވޮލެންޓިއަރެއްގެ ގޮތުގައި ކޮވިޑް ފެސިލިޓީއަށް

ކޮވިޑް-19 އާ ގުޅިގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުނަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

ޗީފް ގާލް ގައިޑް މެޑަމް ފަޒްނާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާކަން ހާމަވެފައިވަނީ، މިއަދު ފާހަގަކުރާ އެކަމަނާގެ އުފަންދުވަހާ ގުޅިގެން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކުރި ފޭސްބުކް ޕޯސްޓެއްގައި އެކަން ހާމަކުރުމުންނެވެ. 

އަދި އެކަމަނާއަކީ އަންހެނުންނާއި އަންހެން ކުދިންނަށް ހުރި ނަމޫނާއެއްކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް މެޑަމް ފަޒްނާ ވަނީ ފުރުސަތު ދީފިނބަމަ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ.