އަންނަ ޖެނުއަރީ 18 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތަކުން އެކަމަށް ހާއްސަ ފޯމެއް ފުރަން ޖެހެއެވެ.
އެއް ގޮނޑި އަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އެމްޑީޕީގެ ޓިކެޓް ދޭނެ މީހެއް ހޮވާނީ ނޮވެމްބަރު 30 ގައި އޮންނަ ޕްރައިމަރީއަކުން ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 1118 މީހުން އިންތިޚާބު ކުރަން ޖެހެ އެވެ. އެއީ ރަށު ކައުންސިލްތަކަށް 975 މީހުންނާއި އަތޮޅު ކައުންސިލްތަކަށް 120 މީހުންގެ އިތުރުން މާލެ ސިޓީ ކައުންސިލަށް 11 މީހުންނާއި އައްޑޫ ސިޓީ ކައުންސިލަށް ހަ މީހުންނެވެ.