Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އިބްރާހިމްދީ އާއި މަވޯޓާ އެމްޑީޕީ އަށް

ފައްތާހުގެ "ދަރި-ފިރި" ގެ މަންޒަރެއް. ފޮޓޯ/ ހަތަރު ހަޅަ އެފްބީ ފޭޖް

ކުރީގެ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމްދީދީ އާއި ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

މި ދެ ބޭފުޅު އެމްޑީޕީއަށް ސޮއި ކުރެއްވީ މި ކަމަށްޓަކައި މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރަސްމިއްޔާތަށް ފަހު އިބްރާހިމްދީ ވިދާޅުވީ އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީ އާ ގުޅިގެން ސަލާމަތާ ބެހޭ ކަންކަމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

ދެކުނު ޑިވިޝަން ކޮމާންޑަރުކަން ކުރެއްވި އިބްރާހިމްދީ ރައީސް ނަޝިދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުވި ދުވަހު ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ. އަދި ވެރިކަން ބަދަލުވިތާނާހެން 32 އަހަރަށް ފަހު ސިފައިންގެ ހިދުމަތުން ވަނީ ރިޓަޔަ ކުރައްވާފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތްދޭ އެމްވީކޭ ދެކުނު ސަރަހައްދުގެ އިސްވެރިއެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެކަމަކު އެ މަގާމުގައި އޭނާ ހުންނަވަނިކޮށް މުވައްފަޒުންނަށް މުސާރަ ނުލިބޭ މައްސަލާގައި، މުވައްޒަފުންގެ ޕްރެޝަރު ބޮޑުވެގެން އޭނާ ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

މަވޯޓާ ޝަރީފް ވިދާޅުވީ އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީއަކީ ފެށުނީއްސުރެ ރާއްޖޭގެ ސިޔާސީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރާ ޕާޓީއަކަށްވާތީ ކަމަށާއި އިރާދަ ކުރެއްވިއްޔާ އެމްޑީޕީއާ ރައްޔިތުންދޭ ކޮންމެ ފުރުސަތެއްގައި ގައުމަށް ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން "އައްޑޫ ލައިވް" އަށް ވަނީ އެނގިފަ އެވެ.