Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

ރ. މަޑުއްވަރީ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ރ. މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މަޑުއްވަރީ ބަނދަރު ތަރައްޤި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފައިވަނީ ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށާއި، އަދި އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭކަމަށެވެ. އަދި 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.