އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ ލިސްޓް އާންމު ކުރިއިރު، އޭގައި އެމީހުންގެ ޒާތީ މައުލޫމާތުތަކެއް އާންމު ކުރެވިފައި ހުރުމުން އެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މާފަށް އެދިވަޑައިގެންފިއެވެ.
ޖޮޕްސެންޓަރ ޕޯޓަލްގައި އެލަވެންސް ލިބޭ މީހުން އެމީހުންގެ ޒާތީ ބައެއް މައުލުމާތުތަކާއި އެކު އާންމުކޮށްފައިވާއިރު، އޭގެތެރޭގައިހިމެނެނީ މީހާގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ މައުލޫމާތާއި، ލިބޭ ނުވަތަ ލިބުނު މުސާރައިގެ ތަފްސީލު އަދި އައިޑީކާޑު ނަންބަރެވެ.
އެކަން ފާހަގަވެ އެވާހަކަ ސޯޝަލްމީޑިއާގައި މިނިސްޓަރު ފައްޔާޒްގެ ސަމާލުކަމަށް ގެނައުމުން، މިނިސްޓަރު ފައްޔާޒް ވަނީ އެކަމަށް މާފަށް އެދިވަޑައިގެން އެއީ މިސްޓޭކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
Definitely that was a mistake an oversight. Which will be corrected shortly and sincere apologies for that https://t.co/IsHZtMahie
— Fayyaz Ismail (@faya_i) May 24, 2021
އިންކަމް ސަޕޯޓް އެލަވެންސް ލިބޭމީހުންގެ ލިސްޓް ނެރުނު އިރު ބައެއް ޒާތީ މައުލޫމާތު އާންމު ކުރެވިފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ މިނިސްޓަރު ފައްޔާޒަށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުންނެވެ.