Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

އިންޓަނެޓްގެ އަގު ހެވެއް ނުވި، ރަސްމިއްޔާތު އަނެއްކާވެސް ފަސްކޮށްފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--

އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރަސްމިއްޔާތު އަނެއްކާވެސް ފަސްކޮށްފިއެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުވަހު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓްގެ އަގުތައް ހެޔޮކޮށް ފިކްސްޑް ބްރޯޑްބޭންޑަށް ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ އަދި 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ އަށް 200 ޖީބީއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ މިމަހުގެ ކުރީކޮޅު މަޝްވަރާވެސް ކޮށްފައެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ވައުދަކަށްވިއިރު މިހާހިސާބަށް އައިރުވެސް އެކަން ނުވެ އޮތުމުން ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ދުރުކުގައިވެސް، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ.