Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

ޝައުނާއަށް ދިމާވަމުން އެދަނީ އަޅުގަނޑަށް ދިމާވި ހާލަތު:މަލީހް

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އައިމިނަތް ޝައުނާއަށް މިހާރު ދިމާވަމުންދަނީ ކުރިން މަގާމުގައި ހުރި އިރު އޭނާއަށްވެސް ދިމާވި ހާލަތު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު ދެވަނަ ފަހަރަށް ފަސްކުރުމާ ގުޅިގެންނެވެ.

މަލީހްގެ ވިދާޅުވެފައިވަނީ، މިއަދު 10:00 ގައި އިއުލާނު ކުރަންބުނި އިންޓަނެޓްގެ ހެޔޮ އަގު އަދިވެސް އިއުލާނު ނުކުރެވޭކަމަށެވެ. މިނިސްޓަރ ޝައުނާއަށް ވެސް މިހާރު ދިމާވަމުން އެދަނީ އޭގެ ކުރީގައި އޭނާއަށް ދިމާވި ހާލަތުކަން ފާހަގަކޮށް މަލީހް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ނިމުމުންވެސް ފައިނަލް ޑިސިޝަން ނަގަންޖެހޭ ފަރަތަން އެނަގަން ނުކެރޭ ކަމަށެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުވަހު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވުމާ ގުޅިގެންނެވެ.