Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް އަނބުރާ ދީފި

އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަށްފަހު އަނބުރާ ދީފިއެވެ.

އެކައުންޓް އަނބުރާ ލިބުނުކަން ހާމަކޮށް އަލީ ރަމީޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެކައުންޓް އަނބުރާ ލިބިފައިވަނީ އެތައް ބަޔަކު ކުރި މަސައްކަތުން ކަމަށެވެ.

އަދި އެ އެންމެނަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ.

އަލީ ރަމީޒްގެ ޓްވީޓާ އެކައުންޓް ސަަސްޕެންޑް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެހެންނަމަވެސް އެކައުންޓް ސަސްޕެންޑް ކުރި ވަކި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.